//
you're reading...
Maldives

A letter from a Maldivian muslims

ލޯބިވާ މަންމައާއި ބައްޕައަށް،

މަންމައާއި ބައްޕާއެވެ. އަހަރެން މަންމައާއި ބައްޕަދެކެ ވަރަށް ލޯބިވެއެވެ. އަހަރެން ލޯހުޅުވާލީ މަންމައާއި ބައްޕަގެ އުނގަށެވެ. އަހަރެން ބަލާބޮޑުކޮށް ތަޢުލީމު އުނގަންނާދީ، ދުނިޔެއަށް ރޯފިލުވާދިނީ ތިމަންމައާއި ބައްޕައެވެ. އަހަރެންނަށް ރަނގަޅާއި ނުބައި އޮޅުންފިލުވާދިނީވެސް ތިމަންމައާއި ބައްޕަ އަހަރެންނަށް ކޮށާދިން މަގުގެ އަލީގައެވެ.

މަންމައާއި ބައްޕާއެވެ. އަހަރެން މަންމައާއި ބައްޕަ ބުނިބަސް ގަބޫލުކުރީމެވެ. ބަނޑަށް ހުރެގެން ނަމާދު ކުރީމެވެ. ގުރުއާން ކިޔެވީމެވެ. ރޯދަހިފީމެވެ. އަދި އެހެން ކަންކަންވެސް މަންމައާއި ބައްޕަ ބުނިގޮތަށް ކުރީމެވެ. އަހަރެންނަށް އެންމެ ހެޔޮއެދޭނޭ ބަޔަކީ އަހަރެންގެ މަންމައާއި ބައްޕަ ނޫން ކޮންބައެއް ހެއްޔެވެ. އަހަރެން ކިތަންމެ ނުލަފާކޮށް އުޅުނަސް އަހަރެންނަށް އަޅާލާނީ މަންމައާއި ބައްޕަ ނޫން ކޮންބައެއް ހެއްޔެވެ. އެހެން ވިއްޔާ މަންމައާއި ބައްޕައަށް ދޮގެއް ހެދުމުގެ ބޭނުމެން ނެތެއް ނޫންހެއްޔެވެ.

މަންމައާއި ބައްޕާއެވެ. އަހަރެންގެ ހިތައް އަރާ އެއްޗެއް އެއަރާގޮތަކަށް މަންމައާއި ބައްޕައަށް ދޮގަކާ ނުލާކިޔާދީފިއްޔާ މަންމައާއި ބައްޕަ އަހަރެންދެކެ ނަފްރަތުކުރާނޭ ސަބަބެއް އެބައޮތްހެއްޔެވެ. އަހަރެންގެ ހިތައް ގޯސް އެއްޗެއް އަރަނީނަމަ އަހަރެންނަށް ރަނގަޅުގޮތް ވިސްނާދޭށެވެ.

މަންމާއެވެ. ބައްޕާއެވެ. އަހަރެންގެ ހިތައް އަރާއެއްޗެތި އެހެން މީހުންގާތުގައި އަހަރެންނަށް ކިޔާދޭކަށް ނުކެރޭނެއެވެ. އެހެންމީހުން އަހަރެންނާ ދިމާލަށް މަލާމަތްކޮށް ހަޖޫ ޖަހާނެއެވެ. އެހެންވެ މަންމައާއި ބައްޕަ މިވާހަކަތައް އަޑުއަހާފައި ބުނަން ބޭނުން އެއްޗެއް ބުނެދޭށެވެ.

އަހަރެން އެންމެ ތުއްތު އިރުންފެށިގެން ތިއުލީމު ހާސިލުކުރަމުންއައިސް މިއަދާޖެހެންދެންވެސް ސިކުނޑިއަށް ދަސްވެފައި ހުރީ ކޮންމެކަމެއްވެސް ގަބޫލުކުރެވޭނީ އެކަމެއްގެ ދަލީލާއި ހެކި އަހަރެންނަށް ޔަގީންކުރެވޭވަރަށް ފެނުމުން ކަމަށެވެ. މީހުން ދައްކާ ވާހަކަތައް ގަބޫލުކުރެވެނީ އެވެރީން އެކަންކަމާބެހޭ ހެކި އެކިގޮތްގޮތަށް ކިޔާދީ ދެއްކުވީމައެވެ.

މަންމާއެވެ. ބައްޕާއެވެ. އަހަރެންގެ ވިސްނުން މިގޮތަށް ބައްޓަންވެފައި ހުރިއިރު، ވަރަށް ބޮޑު އެއްކަމެއް އަހަންނަށް އެބަ އުދަގޫ ކުރެއެވެ. މަންމައާއި ބައްޕައަށް އެކަން އަހަރެން އަންގާދޭން ބޭނުންވެއެވެ. އަހަންނަށް މިކަމުގައި އެހީތެރިވެދޭނެ ތިޔަނޫން ބައެއް ނޭނގެއެވެ. އަހަރެން ދެކެ އެންމެ ލޯބިވާނީ ތިޔަ ދެމީހުންކަމުގައި ޝައްކެއްވެސް ނެތެވެ. އެހެންވީމާ މިވާހަކަތައް މަންމައާއި ބައްޕައަށް ކިޔާދިނުން އަހަންނަށް ވަރަށް މުޙިންމެވެ.

މަންމާއެވެ. ބައްޕާއެވެ. އަހަރެންގެ ސިކުނޑިއަށް ވިސްނޭ ވިސްނުމަކީ އަހަރެން ގަސްދުގައި ކުރާ ކަމެއްނޫންކަން އެނގޭދޯއެވެ. އަހަރެން ކިތަންމެވަރަކަށް މަސައްކަތް ކުރިޔަސް އެވިސްނުމަކީ އަހަންނަށް ހިފެހެއްޓައިގެން ތަޅުއަޅުވައިގެން ވަކިގޮތަކަށް ވަކިކަމެއް ގަބޫލުކުރަން މަޖުބޫރުކުރެވޭނެ އެއްޗެއްނޫންކަން އެނގޭދޯއެވެ. އަހަރެން ވަރަށް މަސައްކަތް ކޮށްފީމެވެ. މަންމައާއި ބައްޕަ ދެރަކުރާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. އެކަމު ދުވަހަކުވެސް މަންމައާއި ބައްޕައަށް އަހަރެން ދޮގު ހަދާކަށް ގަސްދެއްނުކުރަމެވެ. މަންމާއެވެ. ބައްޕާއެވެ. އަހަރެން މިބުނަން އުޅޭވާހަކަ ނުބުނެ ދިގުވުމުގެ އެންމެބޮޑު ސަބަބަކީ އަހަރެން ބުނަން މިއުޅޭ އެއްޗެއް ބުނުމުން މަންމައާއި ބައްޕަ ދެރަވެދާނެތީއެވެ. އެއީ އަހަރެން ދުވަހަކުވެސް ކުރަންބޭނުންވާކަމެއް ނޫނެވެ. އެކަމު، ބުނާނަމެވެ. މަންމާއެވެ. ބައްޕާއެވެ. އަހަރެންނަށް އިސްލާމް ދީނުގައި ކިޔާދޭ އެއްޗެތި ގަބޫލުނުކުރެވެއެވެ. އަހަރެން ގަސްދުގައި ކުރިކަމެއް ނޫނެވެ. އެކަމަކު މިއީ ހަގީގަތެވެ. މަންމައާއި ބައްޕަ ރުއްސުވުމަށް އަހަރެން އަމިއްލަ ނަފްސަށް އޮޅުވާލައިގެން އުޅުން މަންމައާއި ބައްޕައަށް މުޙިންމު ހެއްޔެވެ.

މަންމާއެވެ. ބައްޕާއެވެ. ދެރަނުވައްޗެވެ. އަހަރެންގެ ހިތުގައި އޮތްއެއްޗެއް އޮތްގޮތަށް ސާފުކޮށް ތެދަށް މަންމައާއި ބައްޕަގާތުގައި ބުނުމުގެ ފުރުސަތު އަހަންނަށް އޮތްކަމަކީ އަހަރެންނަށް ލިބުނު އެންމެ ބޮޑު އުފަލެވެ. އަހަރެންގެ ހިތުގައި މިހުރިހާއެއްޗެއް ފޮރުވައިގެން ދިރިއުޅުމަކީ އަހަންނަށް ނަފްސާނީ ގޮތުން ލިބެމުން އަންނަވޭނެކެވެ. އަހަރެން މިވާހަކަތައް ކިޔާދޭނީ ވަކި ކާކަށް ހެއްޔެވެ. އެއްވެސް މީހެއްގާތުގައި މިވާހަކަތައް ނުބުނެ އަމިއްލައަށް އޮޅުވާލައިގެން އުޅެންވެއްޖެއްޔާ އަހަރެން މޮޔަވެދާނެއެވެ. މަންމައާއި ބައްޕައަށް އަހަރެން ދުވަހަކުވެސް އޮޅުވާލާކަށް ބޭނުމެއް ނޫނެވެ. މަންމައާއި ބައްޕަ ބުނެގެން އަހަރެން ނަމާދަށް އަރާ ގުރުއާން ކިޔެވިދާނެއެވެ. އެކަމު ހިތުގައި އޮތްގޮތްވެސް މަންމައާއި ބައްޕައަށް އޮޅުންފިލުވާދިނުމަކީ އެންމެ ރަނގަޅުގޮތެއް ނޫންހެއްޔެވެ. އަހަރެން މިހިރީ އަބަދުވެސް މަންމައާއި ބައްޕަ ގާތުގައި ދޮގުނުހަދާ ތެދަށް ވާހަކަ ދައްކާށެވެ.

މަންމައާއި ބައްޕާއެވެ. އަހަރެންގެ ވާހަކަތައް ތެދުބަހުން ކިޔާދިނުމަށް ހިތްވަރުލިބުނީވެސް މަންމައާއި ބައްޕަ ރަނގަޅުކަމުންނެވެ. އަހަންނަށް ދުވަހަކުވެސް ދެރަގޮތެއް ނޭދޭނޭކަން އަހަރެންނަށް ޔަގީންވާތީއެވެ. އަހަރެން ތެދަށް ވާހަކަދައްކައިގެން އަހަރެންދެކެ ރުޅިނާންނާނޭކަން ޔަގީންވާތީއެވެ.

މަންމައާއި ބައްޕަދެކެ އަހަރެންވާ ލޯތްބަކީ ބަދަލެއް އަންނާނޭ އެއްޗެއްނޫނެވެ.

Advertisements

About Bjorn EnFiddle

I used to believe in Islam and recite the Quran without knowing a single meaning of the words. Today I am an apostate of Islam, and today i read the Quran and Hadith to know more about Islam. The more I learn the more I hate Islam. I do not believe in a god who has emotional problems over the actions of humans. I do not believe in a god who would ask to kill, and treat women like a sex toy.

Discussion

4 thoughts on “A letter from a Maldivian muslims

  1. Is this a letter from you, Bjorn Sophia?

    Posted by ali al-maaldheefee | August 8, 2011, 10:47 AM
  2. Its very difficult to read this letter due to font size. Can you please edit this letter with a little bit large font .

    Posted by Mardoog | August 9, 2011, 8:21 AM
  3. a letter from a confused pansy

    Posted by callodus | August 11, 2011, 6:14 AM

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: